Fathuru Verikan Promote Kurumah Khaasa Lava eh Launch Kurany

Picture 01

ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ލަވައެއް ލޯންޗް ކުރަނީ!

ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގައި ބޭނުންކުރާނެ ލަވައެއް ބުރާސްފަތު ދުވަހުގެ ރޭ ކުޑަބަނޑޮހުގައި ބާއްވާ ޝޯގައި ތައާރަފް ކުރާގޮތަށް ސަރުކާރުގެ މާކެޓިން ކުންފުނިން ހަމަޖައްސައިފި އެވެ.

މޯލްޑިވިސް މާކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މޯލްޑިވިސްގެ ނަށް ދީފައިވާ މިލަވަ ރިލީޒްކުރަން ހަމަޖެހިފައިވަނީ ބުރާސްފަތިދުވަހުގެ ރޭ ކުޑަ ބަނޑޮހުގައި ބާއްވާ ސައުންޑްސް އޮފް މޯލްޑިވިސްގައި ކަމަށެވެ.

ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ހިންގާ ތަފާތު ހަރަކާތްތަކުގައި މި ލަވަ ބޭނުން ކުރާނެކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ކިޔާފައިވާ ލަވައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އުނޫޝާ ބުނީ ރާއްޖެ އިސްތިހާރު ކުރުމަށް ތައްޔާރުކޮށްފައިވާ، ލަވައިގެ ލިރިކްސް ތައްޔާރުކޮށްދީފައި ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ފަންނާނެކަމަށާއި، މިލަވާގައި ޓޫރިސްޓެއްގެ އިހުސާސްތައް ވަރަށް ރަނގަޅަށް ހިމެނޭނެކަމަށެވެ.

ޓިކެޓް ވިއްކައިގެން ހައިރައިޒް އިން ބާއްވާ ސައުންޑް އޮފް މޯލްޑިވިސް ޝޯގައި ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫއްޕެއްކަމަށްވާ ހަރުބީގެ އިތުރުން ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވާ، މިޝޯގައި މުޅިންވެސް ހުށަހަޅައިދޭނީ ދިވެހި އުފެންދުންތައް ކަމަށް ހައިރައިޒް އިން މައުލޫމާތު ދެއެވެ.

ރާއްޖެ އިސްތިހާރުކުރުމަށް ބޭނުންކުރާނެ އިނގެރޭސި ލަވައެއް ލޯންޗު މިކުރަނީ، ނިއުސެވަން ވޮންޑަރސް އަށާވީސް ފައިނަލިސްޓުންގެ ތިންވަނައަށް ދިވެހިރާއްޖެ އަރާފައިވަނިކޮށެވެ.
މި ލިސްޓްގެ ތިންވަނައަށް ދިވެހިރާއްޖެ އަރާފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުވަދިހަ ނުވައެއް ޕޮއިންޓް އަށެއް ހައެއް އިންސައްތަ ވޯޓް ލިބިގެންނެވެ.

މި ލިސްޓްގެ އެއްވަނައިގަ މިހާރު އޮތީ ނުވަދިހަ ނުވައެއް ޕޮއިންޓް ނުވައެއް ފަހެއް އިންސައްތަ ވޯޓް ލިބިގެން ތެންޒޭނިއާގެ ކިލިމަންޖަރޯ އެވެ.

މި ލިސްޓްގެ ދެ ވަނައިގަ އުޅެނީ ނުވަދިހަ ނުވައެއް ޕޮއިންޓް ނުވައެއް ސުމެއް އިންސައްތަ ވޯޓް ލިބިގެން އަޒަރުބައިޖާންގެ މުޑްވޮލްކެނޯ އެވެ.

ނިއުސެވަން ވޮންޑަރސް އަށް ހޮވޭ ހަތް ފައިނަލިސްޓުންގެ ނަން އިއުލާނުކުރުން އޮންނާނީ މިއަހަރުގެ ނޮވެމްބަރ މަހުގެ އެގާރަވަނަ ދުވަހު ސްވިޒަރލެންޑްގެ ޒިއުރިކްގަ އެވެ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s